Wednesday, August 25, 2010

 
މުދައްރިސުންގެ - ލަވަ
އޯ އެންމެންގެ ހިތްތައް ދުވަހުގެ އުފަލުގާ
       ޝުކުރުންމެ ފޮޅިދޭ ކުރަމުންދާ ޚިދުމަތް
               އެދުރުންގެ ދުވަހޭ ފާހަގަކުރާ
**************************************
ޢިލްމުން ފުރޭފަދަ އަގުހުރި ދަރުސްތައް
          ލޯތްބާއި އޯގާތެރިކަން އަބަދުވެސް
                 ދޭނެއެ އެދުރުން ރުހުމާއެކީ
                       އޯ ހުރިހާ ކުދީންވެސް ވިޝްކޮށް މިހަދަނީ
                              މިހިޔަލުގެ ހުރިހާ އުސްތާޛުނަށް
އެދުރުން ތިދެއްވާ އެއްބާރުލުންތައް
          ހުރިހާ ކުދީންވެސް އުފަލުން ބަލައިގަނެ
                 ޝުކުރުގެ ބަސްތައް އަމުނާލަމޭ
                        އޯ ހުރިހާ ކުދީންވެސް ވިޝްކޮށް މިހަދަނީ
                             މިހިޔަލުގެ ހުރިހާ އުސްތާޛުނަށް
ޤައުމުގެ މިނާ ދުއްވަންތިބި ދަރީންނަށް
          މިސްރާބު ސީދާ ދެއްކެވި މިހިކުމަތް
                 ކުރަމެވަޒަން ތިއަ އަގުހުރި ވަގުތުތައް
                        އޯ ހުރިހާ ކުދީންވެސް ވިޝްކޮށް މިހަދަނީ
                               މިހިޔަލުގެ ހުރިހާ އުސްތާޛުނަށް
ޤައުމީ - ލަވަ
އޭ މިނިވަން އުފަލުގައި ކުރިއަށް ދަމާތޯ
       އެންމެންގެ އަތްތައް ގުޅުވާލަމާތޯ
             މޫރިތި ޤައުމީ ޝަރަފަށްޓަކާ
**************************************
ރުހުމުން ފުރޭފަދަ އެކުވެރި ގުޅުންތައް
      ރުހުމާއެކީގާ ހިއްސާވެވުންތައް
             ރޫޙު މިޤައުމީ ކިރިއަށް ދަމާ
                  އޯ ހުރިހާ އުފާތައް ލިބިގެން މިވާ ވެހި
                     މިނިވަން ދިވެހި ދިދަ ވިހުރާލަމާ
ބަޠަލުންގެ އަގުހުރި ނުފިލާ ހަނދާންތައް
      ހުރިހާ ޖިހާދާ ހިތްވަރުގެ އަޑުތައް
            އެންމެންގެ ދުލުން އުފުލާލަމާ
                 އޯ ހުރިހާ އުފާތައް ލިބިގެން މިވާ ވެހި
                    މިނިވަން ދިވެހި ދިދަ ވިހުރާލަމާ
ނަޞްރާ ނަސީބާ ލިބިގެން މިއުއްމަތް
        މިސްރާބު ސީދާ ވާހެން މިހިއްމަތް
             ވިސްނާ ތިބެގެން ޤުރުބާންވަމާ
                 އޯ ހުރިހާ އުފާތައް ލިބިގެން މިވާ ވެހި
                        މިނިވަން ދިވެހި ދިދަ ވިހުރާލަމާ

No comments:

Post a Comment

embedded below post