Thursday, June 6, 2013

                 އީޖާބު ދެއްވަވާނދޭ!
               އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު

ޔާރައްބަނާ އިލާހީ! މަދަދެއް މި ފުއްދަވާނދޭ!
          ޔާރައްބަ! އަޅުގެ ޝަކުވާ، އަބަދައްމެ އައްސަވާނދޭ!
                    ޔާރައްބަ! އަޅުގެ މި ދުޢާ އީޖާބު ދެއްވަވާނދޭ!


ދެއްވާށި ސާފު ހިތަކާ ލައްވާށި ގިނަވި ރަޙުމަތް
         ކެއްތެރިކަމާއި ހިތްވަރު މަންމާފުޅާގެ ނަފްސަށް
                    ޔާރައްބަ! އަޅުގެ މި ދުޢާ އީޖާބު ދެއްވަވާނދޭ!

އިންސާނަކަށް ވި ފިޠުރަތު މަންމަގެ ކިބައިގަ ވީތީ
         އިންސާނަކަށްވެ ކުރިކުށް މާއާފު ދެއްވަވާނދޭ!
                    ޔާރައްބަ! އަޅުގެ މި ދުޢާ އީޖާބު ދެއްވަވާނދޭ!

އިންސާފު ނުލިބި މާޒީ މަންމަގެ ހަޔާތުގާވީ
        އިންސާފު ޙައްޤު ލިބުމަށް ދަރުބާރުގައި މަ އެދެމޭ
                    ޔާރައްބަ! އަޅުގެ މި ދުޢާ އީޖާބު ދެއްވަވާނދޭ!

ރަހުމާއި ލޯބި ކުލުނާ މަންމަގެ ފުށުން އަދައިގެން
        ފަހުނޭވަޔަށް ޖެހެންދެން ލައްވާށި ހަމަ މިގޮތުގާ
                    ޔާރައްބަ! އަޅުގެ މި ދުޢާ އީޖާބު ދެއްވަވާނދޭ!

މިއަޅާގެ މަންމައާމެދު ރަހުމާއި ކުލުނު ވެވިދާ
        މިއަޅާގެ ޢަދަބު މިގޮތަށް އަބަދަށްމެ ލައްވަވާނދޭ!
                   ޔާރައްބަ! އަޅުގެ މި ދުޢާ އީޖާބު ދެއްވަވާނދޭ!

ޙަމްދާއި ޝުކުރު ކުރުމާ، ޛިކުރާކުރުން މަތީގާ
        އަމްދުން އުމުރުގެ ފަހުބައި މަންމަގެ ލަހައްޓަވާނދޭ!
                  ޔާރައްބަ! އަޅުގެ މި ދުޢާ އީޖާބު ދެއްވަވާނދޭ!

އަމްނާ އަމާން ބިމެއްގާ މަންމާގެ  އުމުރު ދިގުކޮށް
       މަންމާއި މުނިމަމާމާ ހަމައަށް ލަހައްޓަވާނދޭ!
                  ޔާރައްބަ! އަޅުގެ މި ދުޢާ އީޖާބު ދެއްވަވާނދޭ!    

No comments:

Post a Comment

embedded below post