Wednesday, August 18, 2010

 
ޅެން ހަދަން ދަސްކުރަމާ!
ޅެންހެދުން – 1
ވަޒަން – 2 ( 28 ފިލި )
 މި ވަޒަނުގައި ހިމެނެނީ ކޮންމެ ޞަދުރަކާއި ކޮންމެ ޢަޖުޒެއްގައި 7 ފިލީގެ ހަތަރު ބަނޑިއެވެ.
          މިސާލު:            7      7     7      7
                ޞަދުރު:    ދަމާހޭހޯ / ދަމާހޭހޯ/ ދަމާހޭހޯ / ދަމާހޭހޯ
                ޢަޖުޒު:     ދަމާހޭހޯ / ދަމާހޭހޯ / ދަމާހޭހޯ / ދަމާހޭހޯ
          ނަމޫނާ ބައިތު:
       ޒަމާނަށް ހޭ / ނުލާ ތިބެގެން / އަމާނެއްލިބި / ނެތޭ ދާކަށް
               ކަމާއި ބަހާ / މިދުނިޔޭގައި / ހިނގާމަގުވިސް / ނަވަންވާނޭ

·        ފަރިތަކުރުން  
v    ތިރިގައި މިވަނީ 28 ފިލީގެ ވަޒަނަށް ހަދާފައިވާ ބައިތެކެވެ. މި ބައިތު ރާގުގެ ބަނޑިތަކަށް ބައިބައިކޮށްލާށެވެ.
ހަތަރުދަޅަޔަށް ގުޅަންފެށުނޭ ފޯނަށް މެސެޖު ލިބެންފެށިޔޭ
           ހަތަރުދަމުހެން ފިކުރުކުރެވޭތިނޫން އެހެންމީހަކު ނުވެޔޭ
-------------- / ----------------/ ------------- / ----------------
          --------------- / ----------------/ ------------ / ----------
v    ތިރީގައި މިވަނީ 28 ފިލީގެ ވަޒަނަށް ހަދާފައިވާ ބައިތެއް ރޫޅާލާފައެވެ. މި ބަސްތައް ރާގުގެ ބަނޑިތަކަށް ފެތޭނޭހެން ޞަދުރާއި ޢަޖުޒުގައި ރާވާލާށެވެ.
       މަހެއް، ނުވެސް އެތިބި، އަންގާ، ހަރުފަތް، ލަހެއް ނުވެގޮސް،ކާއްޓެއް
                ގިރާކޮށްތާ، ގަހުގެ،ހިމާޔަތްތާ، ހިޔަލަށް،ހޯދަން، ވަނީ
----------------- / -----------------/ ----------------- / ----------------
      ---------------- / ----------------/ --------------- / ----------------
v    ތިރީގައިވާ 4 ޖުމުލަ އަށް 28 ފިލީގެ 2 ބައިތު ހަދާށެވެ.
Ø     މަންމަޔާއި ބައްޕަ ވަރަށް ހެވެވެ. މަންމަޔާއި ބައްޕަ ދެކެ ލޯބިވާށެވެ.
----------- / ----------------/ ------------- / ----------------
----------- / ----------------/ ------------- / ----------------


Ø     މައިންބަފައިންނަށް ނުބައި ނުވާށެވެ. ސުވަރުގެ ލިބޭނީ މައިމީހާގެ ފައިތިލަ ދަށުންނެވެ.
----------- / ----------------/ ------------- / ----------------
    ----------- / ----------------/ ------------- / ----------------

·        ތިރީގައިވަ ޅެން ބައިތުގެ ވަޒަނުގެ ތައްގަނޑުތައް ކަތިރޮނގު ޖަހައިގެން ބައިކުރާށެވެ.
 ހަނދާނަށްވެސް ނުގެނެވޭހާ ދުރަށްވެސް ގޮސް އޮބާލީތާ
            އަދާ ހަމައަށް އުކުނު ޞަފްޙާތަކޭމާޒީ އޮބާލީތާ
·        މިއީ ކިތައް ފިލީގެ ވަޒަނެއް؟   ....................................

ހަނދާނަށްވެސް ނުގެނެވޭހާ ދުރަށްވެސް ގޮސް އޮބާލީތާ
               އަދާ ހަމައަށް އުކުނު ޞަފްޙާތަކޭ މާޒީ އޮބާލީތާ

މަހެއް ކާއްޓެއް ނުވެސް އަންގާ އެތިބި ހަރުފަތް ގިރާކޮށްތާ
               ލަހެއް ނުވެގޮސް ގަހުގެ ހިޔަލަށް ވަނީ ހޯދަން ހިމާޔަތްތާ

No comments:

Post a Comment

embedded below post