Wednesday, August 18, 2010

 
ޅެން ހަދަން ދަސްކުރަމާ!
ޅެންހެދުން – 2
ވަޒަން – 2 ( 20 ފިލި )
 މި ވަޒަނުގައި ހިމެނެނީ ކޮންމެ ޞަދުރަކާއި ކޮންމެ ޢަޖުޒެއްގައި 5 ފިލީގެ ހަތަރު ބަނޑިއެވެ.
          މިސާލު:              5     5     5      5
                ޞަދުރު:     ނަނާނާ / ނަނާނާ / ނަނާނާ / ނަނާނާ
                ޢަޖުޒު:     ނަނާނާ / ނަނާނާ / ނަނާނާ / ނަނާނާ

          ނަމޫނާ ބައިތު:   އަމާނަތް / ހިފައިގެން / ދަމާހޭ / ވެވޭތޯ
                              ނަމާއަބު / ރުޚާލިޞް / ވެގެންނާ / ލިބޭތޯ
ވަޒަން –3 ( 23 ފިލި )
މި ވަޒަނުގައި ވަނީ ބައިތުގެ ކޮންމެ ޞަދުރަކާއި ކޮންމެ ޢަޖުޒެއްގައި 6 ފިލީގެ ތިން ބަނޑިޔާއި 5 ފިލީގެ އެއް ބަނޑިއެވެ. ރާގަށް ކިޔުމުގައި  ބަނޑިތަކުގައި ފިލިޖެހިފައި ހުންނަ ގޮތުގެ މިސާލު ތިރީގައި މި ވަނީއެވެ.
           މިސާލު:       6       5       6     6
             ޞަދުރު:   ނާނަނާނަ / ނާނަނާ / ނަނާނަނާ / ނަނާނަނާ
              ޢަޖުޒު:  ނާނަނާނަ / ނާނަނާ / ނަނާނަނާ / ނަނާނަނާ

           ނަމޫނާ ބައިތު: 
  ދާންވީހެ / މަރުވެގެން / ހިތާމައިން / މިހާލުގާ
           ވާންވީގޮ / ތެއްވެގެން / މިދުނިޔެއާ / ވަކިވެހިނގާ

·        ފަރިތަކުރުން – 1
v    ތިރިގައި މިވަނީ 20 ފިލީގެ ވަޒަނަށް ހަދާފައިވާ ބައިތެކެވެ. މި ބައިތު ރާގުގެ ބަނޑިތަކަށް ބައިބައިކޮށްލާށެވެ.
ފަޤީރުންގެ ގޯތީގަ އިންދާފަހުރިހާ
   ބަގީޗާތަކުން މާބިނީ ގޮންމުށުންތާ
----------- / ----------------/ ------------- / ----------------
         ----------- / ----------------/ ------------- / ---------

v    ތިރީގައި މިވަނީ 20 ފިލީގެ ވަޒަނަށް ހަދާފައިވާ ބައިތެއް ރޫޅާލާފައެވެ. މި ބަސްތައް ރާގުގެ ބަނޑިތަކަށް ފެތޭނޭހެން ޞަދުރާއި ޢަޖުޒު ރާވާލާށެވެ.
ރޮވޭހާ ، ހިތާމައި ، ނުވޭހޭ ، ގެ ، ވޭނުން
      ރޮވޭހާ ، ވިރޭތީ ، ނުވޭހޭ ، ހިތާމޭ 
----------- / ----------------/ ------------- / -----------
        ----------- / ----------------/ ------------- / -------

v    ތިރީގައިވާ 4 ޖުމުލަ އަށް 23 ފިލީގެ 2 ބައިތު ހަދާށެވެ.
Ø     މަންމަޔާއި ބައްޕަ ވަރަށް ހެވެވެ. މަންމަޔާއި ބައްޕަ ދެކެ ލޯބިވާށެވެ.
----------- / ----------------/ ------------- / ----------------
      ---------- / ----------------/ ------------- / -----------


Ø     މައިންބަފައިންނަށް ނުބައި ނުވާށެވެ. ސުވަރުގެ ލިބޭނީ މައިމީހާގެ ފައިތިލަ ދަށުންނެވެ.
----------- / ----------------/ ------------- / ----------------
      ----------- / ----------------/ ------------- / ----------------
ޒަމާނަށް ހޭނުލާ ތިބެގެން އަމާނެއްލިބި ނެތޭ ދާކަށް
             ކަމާއި ބަހާ މިދުނިޔޭގައި ހިނގާމަގުވިސްނަވަންވާނޭ


No comments:

Post a Comment

embedded below post