Wednesday, August 18, 2010


                         އެނބޫގަހެއްގެ ޝުޢޫރު!
                                          އަޙުމަދު މަޢުޞޫމު، ފެންފިޔާޒުގެ ހއ. ވަށަފަރު
     ފަތްތަކުމަތީ އެތަކެއްހާސް ދުވަހު    ގިސްލަގިސްލާ ރޯންއޮތީން
            އަތްވާއި   ވާރޭ   ފިނިތެރޭ   ދިންހާތުރާލެއް   ލިބިއޮތީން
   ފުނޑުފުނޑުވެ ފަތްތައް ބިންމަތީ ހުރެ އުފެދިގެން އައި ތަންމަތީ
            ގުޑުމެއް  ނުވާހެން  އޮވެވުނީ  އަންނާނެތީ މަލަހެއް  ހަށީން
    މަޑުމަޑުން ހުރެ ހެދި ބޮޑުވަމުން ފަތްފަތްދަށުން ހުރެ ބޯދެމުން
        ފަނޑުފަނޑުގޮތެއްގައި ސިފަވަމުން ފަތްތައްވެ ފުރިހަމަ ފޯދެމުން
       ރޯޅިފިނިފިނި ސާފު ވައިލިބި އިރުގެ ދޯއްޖާ އަވި ކޮކާތައް
            ކޯޅިފަތްތައް ގޮފިވެ އަފިތައް ބޮޑުވެ ހަށިގަނޑު ހެލިފެލިވެވީން
   ވައިޖެހުންވެސް ވޭނަކަށްވޭ ގެއްލުމެއް ބޯކެރިވެހުން
            ވައިމަތި  ފަރާތުން އަންނަހަމަލާ ނިމިދަނީ "ކަންކަށިމަތީން"
 ކައިރީގަ ހުރި ރުއްގަސްތަކުން ދަރުއެއްކުރާ "އަނިޔާވެރީން"
         ފައިދަށުވެފާ ހަންމެށިދެޔޭ އަތްފައިބޮލާ ގުނަވަންތަކުން                          
   ބެދިފައިމިވާ ބިޔަ ޖަންގަލީންވެރިކާށި، ގޮފި އިރި ގަސްތަކުން
            ހެދިގެން ލިބުނު އަނިޔާއެކޭ އަހަރެންގެ އިސްކޮޅު ކުރުކަމުން
  ކޮއިފުޅާ ނުތަޅާށެ ތިޔަހެން މިޔަ ތޫނުހާވަޅި ހަންޖަރުން
            ރޮއިހޭރި އާދޭސް ކުރިޔަކަސް ބެލުމެއްނުވޭ ރަހުމުގެ ލޮލުން
  އެކަމަކު ބުނަންހޭ ބޭނުމެއް ޖެހުމާއެކީ މަހަނދާންވެގެން
            އެކަމަށް  ފުދޭ މިންވަރުބަލާ  އާދޭ ބޮލުން ފަތްކޮޅު ނޮޅަން
  ދިވެހިބޭހަށް ދިރުންގެނުވާ ދިވެހިފަރުދުން އުފާކުރުވާ
            ދިވެހިބޭހެއް   މުޖައްރިބުކޮށް  ލިބޭފަތަކީ  އަނާގެ "ބޮލުން"
     ލަޔޭ ހުތް މީރު ފޮނިރަހައެއް  ކިޔާނަމަކީ  "އެނބޫ" ނޫންހޭ؟
            ވެޔޭ  ޖޭމާ  ލިބޭ  މޭވާ  ވަރަށް  ވައްތަރު އަނާގެ ފުށުން
   ގަހެއްމީ ހުސްވެ ނެތެމުންދާ އެތައް ހާޖަތްތަކެއް ފުއްދޭ
            ބަހެއްހެޔޮ  މީ  އަހާ ފަށަމާ މިމީރު އެނބޫހިނގާ ހައްދަން

1 comment:

embedded below post