Thursday, August 19, 2010


      
               ދަރިވަރުންނަށް
                      އަހުމަދު މައުސޫމް
                          ފެންފިޔާޒުގެ، ހއ. ވަށަފަރު
ތިބާއީ ދަރިވަރެއް ނޫންހޭ؟ ތިބާ އަދި ކިޔަވަނީ ނޫންހޭ؟
           ތިބާއީ   ޠާލިބާ   ނޫންނަމަ   ތިބާއީ  ޠާލިބެއް  ނޫންހޭ؟  
ދުލުން ވާނޭ ބަހެއް އާފާތަކަށް ދަރިވަރު ބުނާނޭހޭ؟
           "މުލުން ލުހެލަން" ހިފާ ތިއްބަސް ދޮގެއް ދަރިވަރު ހަދާނޭހޭ؟
ޢިލްމީ ހިޔާތެރެއިން ދެމޭ ފެންއާރުގައި ވުން ނަމަ އެދޭ  
           ޙިލްމާއި  ހިތްތިރިކަން  އެއީ ހަރުދަނާ ސިފަތައްމެ ނޫންހޭ؟
ޖިސްމާއި ނަފްސާ ބުއްދިވެސް އަޅުދާސްކުރެއެ ޢިލްމަށްޓަކާ
           ވިސްނުމާ އަދި ފިކުރުކުރުމީ އުނގެނުމުގެ ފަލްސަފާ ނޫންހޭ؟
މިސްރާބު ސީދާ މޮޅުކުދިންނާ އެކުއެކީ ނަމަ ދާން އެދޭ
           ވިސްނަންޖެހޭ އެތަކެއް  ކަމެއް ހުންނާނެކަން  ދަންނާނުހޭ؟       
ތިބާ އުސްތާޛުނަށް ދޭންވާ ޤަދަރު ކުލުނާ، ޝުކުރުކުރުމީ
           ތިބާގެ ހިތާ ދުލާ ނަފްސުން އަދާކުރަންވި "ދަރަނި" ނޫންހޭ؟
ތިބާއީ ބަސްއަހާ ޞާލިޙް އެދޭނަމަ ދަރިވަރެއްކަމު ވާން
           ތިބާ ޖެހެނީ ވެ ކިޔަމަންތެރި ނިކަން ބަސްމަދު ކުރަން ނޫންހޭ؟
ތިބާއީ ރަނގަޅުކަންކަމުގައި ނިކަން އިސްކޮށް ވެހަރަކާތްތެރި
           ތިބާ ދެންތިބި ކުދީންނަށްވެސް ނަމޫނާވުން ރަނގަޅު ނޫންހޭ؟

No comments:

Post a Comment

embedded below post