Wednesday, August 18, 2010

 
            އަޅުގަނޑުގެ އާދަ!
              އަޙްމަދު މަޢުޞޫމް، ފެންފިޔާޒުގެ ހއ. ވަށަފަރު
   އާދަކޮށް ފަތިހާ ހެނދުނު  ތެދުވާނަމޭ
                    އާދަކޮށް  ވަގުތަށް  ނަމާދު   ކުރާނަމޭ
   ފެންވަރާ  ނަލަހެދިލަމޭ  ތައްޔާރުވާން
                    ދެންކުރާ ކަމަކީ   ގޮހޮރު    ތެންމާލުމޭ
   ގަޑި ނުޖެހި ދިޔުމީ މަށަށް ހަމަ އާދައޭ
                    ގަޑިތަކަށް  ފޮތްތައް  އަޅާ   ގެންދާނަމޭ
   މަގުމަތިން އަރިއަރިމަތިން މަހިނގާނަމޭ
                    މަޤްޞަދާ މަންޒިލް  ނިކަން  ދަންނާނަމޭ
   ވަންނައިރު ނޫނަސް ކުލާހަށް ހަމައެކަނި
                    ދަންނަނަމަ އިސްކޮށް  ސަލާން މަކުރާނަމޭ
   އަޑުއަހަން  ޝައުޤާއެކީ  އިންނާނަމޭ
                    މަޑުމަޑުން އިނދެ  ކިޔަވަމުން ގެންދާނަމޭ

   މަކުތަބުން ރަންއަކުރަކުން ފެވިފައިވުމީ
                    މަކުތަބާ   ނަފްސަށްލިބޭ   ބޮޑުޝަރަފެކޭ
   މަންމަމެން  ބޭނުންވިހެން  މޮޅުވާނަމޭ
                    ފަންނަކުން  މަންފާ  ރަށަށް   ކޮށްދޭނަމޭ

   މީމަގޭ   ބޭނުންގޮތޭ   ހުވަފެންމެއޭ   
މީމަގޭ   އެކަމަށް  ކުރާ  ކުދި  ކަންކަމޭ                    

No comments:

Post a Comment

embedded below post