Wednesday, August 18, 2010

 
             މިއީ ތެދެއް!
               އަޙްމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު
އެދޭނަމަ މޮޅުކުއްޖަކަށް ވުންއެއީ ބުރަވެފަ  ބޮޑުކަމެއް
            ހެދޭހަމަ  ކުޑަ  ގޯހަކުން  މާޔޫސްނުވާށޭ  ދެރަވެގެން
އިސްވެދިޔަ ސިފަޔާއެކީ ހިތްވަރުކުރުން  ދޫކޮށްނުލާ
            ފިސްވެދިޔަ  އުންމީދަކީ  އިބުރަތެއްކަމު  ވާނޭ  ބަލަން
އެދުރުނަށް ކިޔަމަންވެފާ އެދުރުންގެ ބަސް ވާނޭއަހަން
            އެދުރުވާ ދަރިވަރުކަމެއް އުނގެނުން އެއީ އެދުރުން ކުރެން
ދަރިފުޅާ ހަމަ ތެދުފުޅެއް ގަޑިއަށް ފިލާވަޅުތައް ހަދާ
            ފަރިތަކޮށް  ވާނޭކިޔާ  އެއްކޮށް  ފިލާވަޅު  ދަސްކުރަން
ބުނީތީ ކުރި އުޞޫލުން ބުނިކަމެއް ކޮށްލުން ފަދަވަނީ
            ބުނީތީ ބުނި އުޞޫލުން ތެމިގެންއޮތުން ގޮސް ފަރުހިލަން
މަންމަޔަށް ކޮށްދޭ ކަމެއް ނޫން ކިޔެވުމީ އޮޅުވާނުލާ
            މަންމަ ބުނި ބަހެކޭ އެއީ ހެޔޮ ދަރިފުޅާ ކިޔަވަން ބުނުން
ނޭނގުމީ އެނގުމަށް އެޅޭ ބޮޑުބާރެކޭ ހަމަ ތެދުފުޅެއް
           ނޭނގުނޭ ހީކޮށް ނުކޮށް ދޫ ގޮސްއަހާ  އެދުރުން ކުރެން
ކިޔަވާށެ މަންފާވާނެޔޭ  ޤައުމަށާ  އަދި  އެންމެނަށް
           ކިޔަމަންވެ ޙިލްމުން ފެންވަރާ ޚުލްޤުން  ތިމާ  ރިވެތިވުން 
ދެކޭށޭ ކަމެކޭ ތިމާ އުނގެނުންމިއީ  މުޅި އުމުރުގައި
           ދެކޭނަން  ވާތި  އޭރުން  ޕައިލެޓެއްހެން  މާ މަތިމަތިން

1 comment:

embedded below post