Sunday, August 29, 2010

 
ވާހަކަ އަދަބީ ގޮތުން ތަހުލީލުކުރުން
އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު
·       ވާހަކައިގެ މައިގަނޑު ހާދިސާ
ކޮންމެ ވާހަކައެއްވެސް ބިނާވެފައި އޮންނާނީ މައިގަނޑު ހާދިސާއެއް/ހާދިސާތަކެއްގެ މައްޗަށެވެ. މިބައިގައި ބަލާނީ ވާހަކައިގެ މައިގަނޑު ހާދިސާއަކީ ކޮބައިތޯއެވެ.  މިސާލަކަށް:- "ޔަތީމު އަންހެންކުއްޖެއްގެ އެކަނިވެރި ދިރިއުޅުން"
·       ވާހަކައިގެ ޕްލޮޓް
މިބައިގައި ބަލާނީ ވާހަކައިގެ މައިގަނޑު ހާދިސާ ކުރިއަށް ގެންދިއުމަށްޓަކާ ގެނެސްފައިހުންނަ ކުދިކުދި ހާދިސާއަށެވެ. ހާދިސާ ހިނގަނީ ކޮން ތަނެއްގާކަމާ މައިގަނޑު
މައްސަލަ ޖެހެނީ (ކޮންފްލިކްޓް އުފެދެނީ) ކީއްވެގެން ކަމާ ކުންނު (ކްލައިމެކްސް) އަކީ ކޮބައިކަމާ، ކުންނު ގެނެސްފައިވަނީ ކިހިނެއް ކަމާ، އަދި ކުންނު ގެނެސްފައިވަނީ ވާހަކައިގެ ކިހާ ހިސާބަކުންތޯ ބަލާނީ މިބައިގައެވެ.
·       ވާހަކައިގައި އުޅޭ ކެރެކްޓަރުން (ސަހުސިއްޔަތުން) ހުށައަޅައިދީފައިވަނީ ކިހިނެއް؟
މިބައިގައި ބަލާނީ ވާހަކައިގެ މައިގަނޑު ކަރެކްޓަރުންނަކީ ކޮބައިތޯއެވެ. އުޅެނީ ކިތައް ކަރެކްޓަރުންތޯއާ، ވާހަކައިގެ މޫނުމައްޗަށް (ފެށުމުގައި) މައިގަނޑު ސަހުސިއްޔަތުން ގެނެސްފައިވޭތޯއެވެ. ކަރެކްޓަރުން ސިފަކޮށްދީފައިވަނީ އެތެރެފުށާއި ބޭރުފުށުގެ ސިފަތައް ބުނެދީގެންތޯއެވެ. ނޫނީ އެއްވެސް ވަރަކަށް ކަރެކްޓަރުން ސިފަކޮށްދީފައިވޭތޯއެވެ. އަދި މައިގަނޑު ކަރެކްޓަރުންނަށް އެހީވެދޭ ބަޔަކު ( ސަޕޯޓިން އެކްޓަރުން) ވާހަކައިގައި ހިމަނާފައި ވޭތޯވެސް މިބައިގައި ބަލަންވާނެއެވެ. އަދި އެމީހުންގެ ސަބަބުން ވާހަކަޔަށް ލިބެނީ ކުރިއެރުންތޯ ނޫނީ ވާހަކައިގެ ޕްލޮޓަށް ހިޔަނި އެޅޭތޯ ( މައިގަނޑު ހާދިސާއާއި ދުރަށް ގެންގޮސްފައިވޭތޯ ) ބެލިދާނެއެވެ.
·       ކިޔައިދިނުން ނުވަތަ ވާހަކަ ނެރޭޓް ކޮށްދީފައިވަނީ ކިހިނެއްތޯއެވެ؟
ވާހަކަ ނެރޭޓްކޮށްދިނުމަކީ ކުރުވާހަކައެއްގައި ވަރަށް މުހިއްމު ކަމެކެވެ. އާއްމުގޮތެއްގައި ކުރުވާހަކަ ނެރޭޓްކޮށްދީފައި ހުންނަނީ 2 ގޮތަކަށެވެ. އެއީ ފުރަތަމަ ނަޒަރުންނާއި ތިންވަނަ ނަޒަރުންނެވެ. ފުރަތަމަ ނަޒަރަކީ ތިމާއަށް ދިމާވި ކަމެއް ތިމާގެ ދުލުން ކިޔައިދޭ އުސޫލުން ކިޔައިދޭ ކިޔައިދިނުމެވެ. ތިންވަނަ ނަޒަރަކީ ކަމެއް ހިނގިއިރު އެކަމެއް ދެކޭން ހުރިމީހަކު އެހެން މީހަކަށް އެކަމެއް ކިޔައިދޭ އުސޫލުން ކިޔައިދިނުމެވެ.
·       ވާހަކައިގައި އެއް އަސަރެއް ލިއްބައިދޭހެއްޔެވެ؟
މިބައިގައި ބަލާނީ ވާހަކައަކީ އުފާވެރި/ ހިތާމަވެރި/ ބިރުވެރި ވާހަކައެއްތޯއެވެ. ހިތާމަވެރި ވާހަކައެއްގައި ހިނަގާ ކުދިކުދި ހާދިސާތަކުގެ ތެރޭގައި އުފާވެރި ކަންތައްގަނޑެއް މާ ދިގުލާ ދާގޮތތައް ކިޔައި ދެވިއްޖެ ނަމަ ވާހަކައިގެ އަސަރު( ހިތާމަވެރި ) ގެއްލޭނެއެވެ. ޕްލޮޓަށް ހިޔަނި އެޅޭނެއެވެ. އެހެންވެއްޖެނަމަ ވާހަކައިގެ އެއް އަސަރެއް ދެމެހެއްޓިފައި އޮތް ކަމަކަށް ނުބެލެވޭނެއެވެ.
·       ސުރުހީއާއި ވާހަކައާއި ގުޅޭހެއްޔެވެ؟
ވާހަކައިގެ ނަން ބައެއް ފަހަރު މައިގަނޑު ކަރެކްޓަރާ ނުވަތަ މައިގަނޑު ހާދިސާއާއިވެސް ގުޅުވާފައި ހުރެއެވެ.
·       ވާހަކައިން ފާހަގަކުރެވޭ ރަނގަޅުކަމެއް/ އުނިކަމެއް ވޭހެއްޔެވެ؟ ވާނަމަ އެކަމެއް ވަކިވަކިން ބަޔާންކޮށްދޭންވާނެއެވެ.  

No comments:

Post a Comment

embedded below post