Thursday, October 14, 2010

 
ޒުވާނާގެ "ހެޔޮކަން" މިންކުރާ ތަރާދު!
އަޙުމަދު މަޢުޞޫމު، ފެންފިޔާޒުގެ، ހއ. ވަށަފަރު
*    ތިބާއަކީ ރަހުމަތްތެރިންގެ ނުފޫޒު ފޯރުވަން ދަތި ޝަޚްޞެއްހެއްޔެވެ؟
*    ތިބާގެ ކިބައިގައި އަށަގެންފައިހުރި ރިވެތި ސިފަތައް ހުލިވާކަމުގެ އިހުސާސް ތިބާއަށް ކުރެވޭހެއްޔެވެ؟
*    ތިބާއާއި އެއްގޮތް އެހެން އެއްވެސް މީހަކު ވޭހެއްޔެވެ؟ ތިބާއީ އަމިއްލަވަންތަ މީހެއް ކަމުގައި ޤަބޫލުކުރަމުހެއްޔެވެ؟ ތިބާގެ އަމިއްލަވަންތަކަން އެއީ ތިބާއަކީ ކާނުކަން އަންގައިދޭ ސިއްކަކަން ގަބޫލުކުރަމުހެއްޔެވެ؟
*    ތިބާގެ އެއްވެސް ލަނޑުދަނޑިއެއް ވޭހެއްޔެވެ؟ އެހެންކަމަށްވާނަ ތިބާގެ މިސްރާބު ތިއަހުރީ އެ ލަނޑުދަނޑިއާ ދިމާއަށް ހެއްޔެވެ؟
*    ތިބާ ތިއަ ދަތުރުކުރާ ނައު މިސްރާބުޖަހާފައިހުރީ އަމާން އައްސޭރިއަކަށް ކަން ކަށަވަރުވޭހެއްޔެވެ؟
*    ތިބާ ތަރުކުރުކުރަމުންދާ ތިއަ ނައު ކަނޑުވެއްޖެނަމަ އފަދަ ދެވަނަ ނަވެއް ބަނދެވޭނެފަދަ އުރައްޕެއް ތިބާގައި އެބަހުރިހެއްޔެވެ؟
*    ތިބާގެ ހަޔާތަށް ކުރިމަތިވާ ކަނޑުބަޑީގެ އުންޑައިން ދިފާއުވެވޭފަދަ އައްޑަނަ ހުރީ ތައްޔާރަށް ހެއްޔެވެ؟
*    ތިބާގެ ނަފްސަށް ކުރާ އިތުބާރު އަނެކާއަށް ކުރަމުހެއްޔެވެ؟
*    އިންސީންގެމެދުގައި ތަފާތުކުރުން އޮންނަންޖެހޭނެ އެއްވެސް ސަބަބެއް ވާނެކަމަށް ތިބާ ޤަބޫލުކުރައްވަމުހެއްޔެވެ؟
*    ތިބާ އުނގެނުމަށް ލޯބިކުރަމުހެއްޔެވެ؟ އެއީ ތިބާގެ ދަރިފުޅަށްޓަކާ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ދެކެމުހެއްޔެވެ؟
*    ތިބާއަށް އަލިފާނާ ފެނާ ވަކިވޭހެއްޔެވެ؟
*    ތިބާއަށް ކުރެވިފައިވާ ކުށުން އުނގެނެމުހެއްޔެވެ؟ އެއިން ހަޔާތުގައި ކުރިއަށް އޮތްބައި އާރާސްތުކުރުމަށް ވިސްނީމުހެއްޔެވެ؟
*    ކާބަފައިންގެ އިބުރަތްތެރި ވާހަކަތައް އަޑުއެހުމަށް ތިބާ ލޯބިކުރަމުހެއްޔެވެ؟
*    ތިބާ އަނެކާއާއި ދޭތެރޭ ކަންކުރާގޮތަށް، އަނެކާވެސް ތިބާއާއިދޭތެރޭ ކަންކުރާނެކަމާމެދު ވިސްނީމުހެއްޔެވެ؟
*    ތިބާ މިއަދު ގުރުބާންކުރި ކޮންމެ ކަމެއްގެ ހެޔޮބަދަލު މާދަމާ ލިބޭނެކަމުގެ އުންމީދު ކުރަމުހެއްޔެވެ؟
*    އެއްވެސް ގުރޫޕަކީ ލީޑަރެއްހެއްޔެވެ؟ މީހަކަށް ގުރޫޕެއްގެ ލީޑަރަކަށް ނުވެވޭނެހެއްޔެވެ؟ ތިބާ ދިރިއުޅުމުގައި ލީޑަރަކަށްވުމުގެ އުއްމީދު ކުރެވޭހެއްޔެވެ؟
*     ޑުރަގާ ސިގިރެޓަކީ ވަގުތީ އުފަލެއް/ހައްލެއް ނޫންހެއްޔެވެ؟ އޭގެ ހިތިރަހަ ފަހުން ނުލާނެހެއްޔެވެ؟  
*    ތިބާއަށް ލިބިފައިވާ ކުޅަދާނަކަމަކާއި ހުނަރަކާއި، ޤާބުލުކަމަށް ތިބާ ފަހުރުވެރި ވަމުހެއްޔެވެ؟
*    މުގުރީންނަށްވެސް ވެސް ކުށް ކިޔޭނެކަމާ، މައިންނަށްވެސް ގޯސް ހެދޭކަމާއި، ޚުދު ތިބާއަށްވެސް ގޯސްހެދޭކަން ގަބޫލުކުރަމުނޫންހެއްޔެވެ؟
*    ތިބާގެ އާއިލާގެ މީހުން ތިބާއަށްޓަކާ ވީ ގުރުބާން ހަދުމަކުރަމުހެއްޔެވެ؟
*    ތިބާ އެއްވެސް އެދުމެއްނެތި އަނެކާއާއި ދޭތެރޭ ކުލުނު އުފެދޭހެއްޔެވެ؟
*    ތިބާއީ ރަނގަޅު މަންމައެއް/ ބައްޕައެއްކަމުގައި ވާނަންހެއްޔެވެ؟
*    ކާމިޔާބުވަނީ ހިތްވަރާއެކު މަސައްކަތްކޮށް އުޅުން އެކަމަށް ސީދާކޮށްގެންކަން އެނގޭހެއްޔެވެ؟
*    ތިބާ ހަޔާތުގައި މާޒީވާ ކޮންމެ ސަފުހާއެއް އަލުން މުޠާލިޢާ ކުރަމުހެއްޔެވެ؟


*  މި ލިޔުމުގައިވާ ސުވާލުތަކުން %98 ސުވާލަށް އާއެކޭ ބުނެވިއްޖެނަމަ ތިބާއީ ހެޔޮ ހަރުދަނާ ޒުވާނެކެވެ.