Tuesday, April 12, 2011

 

އެހެން ނޫންހޭ؟
އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު
              ލިޔުންތެރިކަން ނުވާގޮތުގާ ޒަމާނެއް ބަސްމޮށުނު ނޫންހޭ؟
                           ލިޔުންތެރިކަން އެއީ ފަންނެއް ފަހުގެ ތާރީޚު ދުށް ނޫންހޭ؟
              ބަހުގެ ގުލްޒާރުގައި ފަރިވީ ޅެމެއްގެ ވަޒަން އެމުނި އަރަބީން
                        ބަހުގެ ތާރީޚް އަދަބުތެރެއިން ފިރުކިގަނެވުނު ދައުރު ނޫންހޭ؟
              އައު މަލެއް ފޮޅި ގުލްޝަން ތެރޭ ފަރި މީރުވަސް ފެތުރެން ފެށީ  
                          މައުލަވީ ހުތް ޢަލީދީދީ  ކުރެއްވެވި  ރޯ  ކުރިން  ނޫންހޭ؟
              އޭރުއް ސުރެން ފެށީ އުފެދެން ޅެންވެރީންނާ ގިނަ ޝާއިރުން
                           ބޭރުން އަޔަސް ޅެންވެރިކަމީ އަދު ބަހާއެއް ދިވެހި ނޫންހޭ؟
              ހިތުގެ ޖަޒުބާތުތައް އުފެދޭ ޝުޢޫރު އުދާސްތަކާ އެކުގާ
                           ނިތުގެ ރޫތައް ވިޔަސް ފިލުވާލަނީ  ޅެންވެރިކަމުން ނޫންހޭ؟
              ޅެންވެރީންނީ ފަނޑިޔާރުނޭ މުއައްރިޚުނާ އުސްތާޒުނޭ
                           ޅެންވެރީންނީ  ކުށްވެރީންނޭ  ކަންކަމަށް ގޮތް ކިޔާ ނޫންހޭ؟
              ފެންނަ ބަލި ޤައުމުގެ ނޭދެވޭ ފާޅުގާ ނެރެ ހާމަކޮށްފާ
                          އެންމެ އިސްކޮށް  އޭގެ ހައްލާ  ބުނެދެނީ ޅެންވެރީން ނޫންހޭ؟
              ޤައުމުގެ ޟަމީރާ އެއްގޮތަށް ވިންދާއި އާދޭސް ހުރިގޮތަށް
                          "ނައު" ދުއްވަދޭނޭ "ފަޅުވެރީން" ދީބުން ނުފެނި ނުދޭ ނޫންހޭ؟
             ޝުކުރުން މިހިތް ދިލުވާލަމޭ އެންމެން އެކީ އެއްހިތްވެލާ
                          ނުކުރަން އެހިތް މާޔޫސް މިއީ އޮންނަންވި އަޒުމެއްމެ ނޫންހޭ؟