ކުޑަކުދިންގެ ދުވަސް
އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު
ކިޔަނީ މި މަރުޙަބާއޭ ދުވަހަށްމި ފޮނި އުފާވާ
ތިޔަ ރީތި ކުޑަކުދީންނަށް ކުލަކުލަތަކުން ޖަރީވާ
މީއޭ ދުވަސް ފަވާލާ އުފަލުން މިހިތް އުޖާލާ
މީއޭ ދުވަސް ކުދީންނަށް ނިސްބަތްވެގެން އުފާވާ
އާދޭ މިތާ ނަށާލަން އެންމެން އެކީ ވަށާލަން
އުތުރޭ މިތާ ޗަމަނުގައި ފަރި ރީތި ކުދި ކޮކާތައް
މިތުރުން ގޮތަށް މިތާނގާ އެއްތަންވެގެން އުފާވާ
މިއަދަށް ކުރާ ހަނދާންމީ ދުވަހެއް މަގޭ މަދަރުސާ
މިއަހަރު ފުރޭ މިޔޫބީލް އަލިމަސްތަކުން ޖަރީވާ