Thursday, June 6, 2013

                 އީޖާބު ދެއްވަވާނދޭ!
               އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު

ޔާރައްބަނާ އިލާހީ! މަދަދެއް މި ފުއްދަވާނދޭ!
          ޔާރައްބަ! އަޅުގެ ޝަކުވާ، އަބަދައްމެ އައްސަވާނދޭ!
                    ޔާރައްބަ! އަޅުގެ މި ދުޢާ އީޖާބު ދެއްވަވާނދޭ!

Thursday, May 30, 2013

މަންމަ ދުށް ނޭދެވޭ ބަދަލު!
އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު

         ދަރިފުޅާއެވެ. މަންމައަކީ މިއަދު އުމުރުން ދުވަސްވެފައިވާ މީހެކެވެ. އިހުވެސް މަންމަގެ ޤަދަރާއި ކަރާމަތަށް އިޙުތިރާމުކުރީ ހަމަ މަންމަގެ ދަރީންނެވެ. މިއަދު ތިޔަ ދަރިންނަށްވެސް އެކަން ކުރެވޭނެއެވެ. އާދޭސްކޮށްފައި ބުނަމެވެ. މަންމަގެ އަބުރަށް ހުތުރުވާ ފަދަ ކަންކަން ނުކުރާށެވެ. އެހެންމީހުންގެ ކުރިމަތީގައި މަންމަ ލަދުން އިސްޖަހަން ޖެހޭފަދަ އެއްވެސް ކަމެއް ތިއިން އެއްވެސް ދަރިއަކު ކުރާކަށް މަންމަ ނޭދެމެވެ. މަންމަގެ ދަރިންނަކީ، މެހުމާނުންނަށް އިޙުތިރާމްކޮށް އެމީހުންގެ މައްޗަށް އޯގާތެރިވި ބައެކެވެ. އެކުވެރިކަމަށް ލޯބިކުރި އެއްބައިވަންތަ ބައެކެވެ. ވީއިރު މިއަދު އެހެން ނުވާންވީ ކޮން ސަބަބަކާހުރެހެއްޔެވެ؟

Monday, May 27, 2013


އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު 
"ގައުމީ ދުވަސް" ފާހަގަކުރުމުގެ ޚިޔާލު އުފެދިގެން އައިގޮތާމެދު ތާރީޚީ ނަޒަރެއް
ތިންވަނަ ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް، އެޤައުމެއްގައި ފާހަގަކުރާ ޤައުމީ ދުވަހެއް އޮވެއެވެ. އެ ދުވަހަކީ، އެޤައުމެއްގެ ތާރީޚުގައި ކަޅާހުދުން ލިޔެވި، ފާހަގަކުރެވިފައިވާ ޤައުމީ އަބްޠާލުން ގެ ޛިކުރާ، ފުރިހަމައަށް އައުކުރާ ދުވެހެއްގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ޤައުމު ތަޖުރިބާކޮށްފައިވާ ތަފާތު ކަންކަމުގައި ޤައުމާއެކު، ނިޔާމަ ދަތުރަކަށް މަރުފަލިޖެހި،

Tuesday, May 24, 2011

 
            ކުޑަކުދިންގެ ދުވަސް
           އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު
ކިޔަނީ މި މަރުޙަބާއޭ ދުވަހަށްމި ފޮނި އުފާވާ
           ތިޔަ ރީތި ކުޑަކުދީންނަށް ކުލަކުލަތަކުން ޖަރީވާ
މީއޭ ދުވަސް ފަވާލާ އުފަލުން މިހިތް އުޖާލާ
           މީއޭ ދުވަސް ކުދީންނަށް ނިސްބަތްވެގެން އުފާވާ
އާދޭ މިތާ ނަށާލަން އެންމެން އެކީ ވަށާލަން
           ނާދޭ  މިނޫން  ހަވީރެއް އެންމެން މިހާ އުފާވާ

Tuesday, April 12, 2011

 

އެހެން ނޫންހޭ؟
އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު
              ލިޔުންތެރިކަން ނުވާގޮތުގާ ޒަމާނެއް ބަސްމޮށުނު ނޫންހޭ؟
                           ލިޔުންތެރިކަން އެއީ ފަންނެއް ފަހުގެ ތާރީޚު ދުށް ނޫންހޭ؟
              ބަހުގެ ގުލްޒާރުގައި ފަރިވީ ޅެމެއްގެ ވަޒަން އެމުނި އަރަބީން
                        ބަހުގެ ތާރީޚް އަދަބުތެރެއިން ފިރުކިގަނެވުނު ދައުރު ނޫންހޭ؟
              އައު މަލެއް ފޮޅި ގުލްޝަން ތެރޭ ފަރި މީރުވަސް ފެތުރެން ފެށީ  
                          މައުލަވީ ހުތް ޢަލީދީދީ  ކުރެއްވެވި  ރޯ  ކުރިން  ނޫންހޭ؟
              އޭރުއް ސުރެން ފެށީ އުފެދެން ޅެންވެރީންނާ ގިނަ ޝާއިރުން
                           ބޭރުން އަޔަސް ޅެންވެރިކަމީ އަދު ބަހާއެއް ދިވެހި ނޫންހޭ؟
              ހިތުގެ ޖަޒުބާތުތައް އުފެދޭ ޝުޢޫރު އުދާސްތަކާ އެކުގާ
                           ނިތުގެ ރޫތައް ވިޔަސް ފިލުވާލަނީ  ޅެންވެރިކަމުން ނޫންހޭ؟