Sunday, August 29, 2010

 
ވާހަކަ އަދަބީ ގޮތުން ތަހުލީލުކުރުން
އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު
·       ވާހަކައިގެ މައިގަނޑު ހާދިސާ
ކޮންމެ ވާހަކައެއްވެސް ބިނާވެފައި އޮންނާނީ މައިގަނޑު ހާދިސާއެއް/ހާދިސާތަކެއްގެ މައްޗަށެވެ. މިބައިގައި ބަލާނީ ވާހަކައިގެ މައިގަނޑު ހާދިސާއަކީ ކޮބައިތޯއެވެ.  މިސާލަކަށް:- "ޔަތީމު އަންހެންކުއްޖެއްގެ އެކަނިވެރި ދިރިއުޅުން"
·       ވާހަކައިގެ ޕްލޮޓް
މިބައިގައި ބަލާނީ ވާހަކައިގެ މައިގަނޑު ހާދިސާ ކުރިއަށް ގެންދިއުމަށްޓަކާ ގެނެސްފައިހުންނަ ކުދިކުދި ހާދިސާއަށެވެ. ހާދިސާ ހިނގަނީ ކޮން ތަނެއްގާކަމާ މައިގަނޑު

ރަށް މެދަށް
        އަޙުމަދު މަޢުޞޫމު، ހއ.ވަށަފަރު
           ޖާލިދޮރުގެ ތޭރިތަކުން އެއްވެސް ހުރަހެއްނެތި ކޮޓަރިތެރެއަށް އެޅިފައިވާއަލިން ކޮޓަރީގައި ދިއްލަފައިވާ ނިދާ ބޮކީގެ އަލި ވަނީ ފައްސާލާފައެވެ. ގަޑިން މެންދަން އަލިވެ ދޭއްޖަހަނީއެވެ. ޒޫނާއަށް ހޭލެވުނީ ކުއްލި ސިހުމަކާއި އެކުގައެވެ. ގައިގައި އެއްޗެއް ޖެހުނުހެން ހީވެގެންނެވެ. ލިބުނު ސިހުމާއިއެކު ޒޫނާއަށް ހަޅޭލަވައިގަނެވުނެވެ. ވަރަށް ބާރަށެވެ.  ޒޫނާގެ ވޭނީ ހިތުގެ އުދާސްތައް،  ދަމާފައިވާ ދޮރުފޮތިގަނޑުގައި ބީހިލާފައި އައި މަޑުމަޑު ވައިރޯޅިއާއިއެކު

Wednesday, August 25, 2010

 
މުދައްރިސުންގެ - ލަވަ
އޯ އެންމެންގެ ހިތްތައް ދުވަހުގެ އުފަލުގާ
       ޝުކުރުންމެ ފޮޅިދޭ ކުރަމުންދާ ޚިދުމަތް
               އެދުރުންގެ ދުވަހޭ ފާހަގަކުރާ
**************************************

Friday, August 20, 2010


ރާއްޖޭގެ އަތޮޅުތައް ބައިކޮށް ރަސްމީގޮތުންކިޔާ ނަންނަމާއި އާއްމުކޮށް ބޭނުންކުރާގޮތް

އަތޮޅުތަކުގެ ރަސްމީ ނަން         އާންމު ނަން
ތިލަދުންމަތީ އުތުރުބުރި               ހއ. އަތޮޅު
ތިލަދުންމަތީ ދެކުނުބުރި               ހދ. އަތޮޅު
މިލަދުންމަޑުލު އުތުރުބުރި              ށ. އަތޮޅު

Thursday, August 19, 2010


ޖަލްސާތަކުގައި ވާހަކަ ދައްކާއިރު ކުރިމަތިވާ ހާސްވުމާއި ކަންބޮޑުވުމުން އެއްކިބާވެވޭނީ ކިހިނެއް؟
               މިއީ ވާހަކަދެއްކުންތެރިންވެސް ވަރަށް އާއްމުކޮށް އަމިއްލަ ނަފްސަށް ކުރާ ސުވާލެކެވެ. ކުރަން ޖެހޭ ސުވާލެއްވެސް މެއެވެ. އެހެންކަމުން ވާހަކަ ދައްކަން ފަރިތަކޮށް، އެކަންކުރަން ދަސްކުރާ ކުދިބަޔަކަށް މި ސުވާލު މުހިއްމު ނުވެއެއް ނުދާނެއެވެ. ކާމިޔާބު ވާހަކަދެއްކުންތެރިޔަކަށް ވުމަށް އެދޭ މީހާ ކުރާ މިސުވާލުގެ ޖަވާބު، މިފަންނުގެ މާހިރުން ދެއްވަނީ ވަރަށް ކުރުކޮށެވެ.

      
               ދަރިވަރުންނަށް
                      އަހުމަދު މައުސޫމް
                          ފެންފިޔާޒުގެ، ހއ. ވަށަފަރު
ތިބާއީ ދަރިވަރެއް ނޫންހޭ؟ ތިބާ އަދި ކިޔަވަނީ ނޫންހޭ؟
           ތިބާއީ   ޠާލިބާ   ނޫންނަމަ   ތިބާއީ  ޠާލިބެއް  ނޫންހޭ؟  
ދުލުން ވާނޭ ބަހެއް އާފާތަކަށް ދަރިވަރު ބުނާނޭހޭ؟
           "މުލުން ލުހެލަން" ހިފާ ތިއްބަސް ދޮގެއް ދަރިވަރު ހަދާނޭހޭ؟
 
ޅެމަށް ފާޑުކިޔުން
ޅެން:            އެހެންނޫންތޯއެވެ؟
              އާދަމް ޢަބްދުއްރަޙްމާން، ހއ. އުތީމު
އަލިވިޔަސް އަލިނުވިލި އަލިވުން އަލި ދުވާލުކަމަށް ނުވޭ
               އަލިވެލާފާ  އިރުއެރީމާ، ބަނަވިޔަސް  ރެއަކަށް  ނުވޭ
ރުހުމަކީ ރުހެވޭ ފަރާތުން ފުހެވިގެން ކުށްދާކަމެއް
               ރުހުމުގައި ލޮލަކުން ބަލާނަމަ، ރުހުމަކަށް ބެލުމެއްނުވޭ
 
ދަތުރުނާމާ
އުތީމަށް ކުރި ދަތުރު
އަހުމަދު މައުސޫމް
ފެންފިޔާޒުގެ،ހއ. ވަށަފަރު
            ހެނދުނު ހަތެއްޖެހީ ކަތީބާއި އޮފީހުގެ އެހެން ހަތަރު މަވައްޒަފުންގެ އިތުރުން އަޅުގަނޑާއި ސްކޫލުގެ ޕްރިންސިޕަލް ފުރަން ފާލަންމައްޗަށް އަރާތިއްބައެވެ. 1424 ވަނައަހަރުގެ ގައުމީދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ދުވަހުގެ އަބްޠާލުން އެރަށަކަށް ނިސްބަތްވާ ހއ.އުތީމުގައި އެ އަބްޠާލުންގެ ޛިކުރާ އައުކުރުމުގެ ގޮތުން ބާއްވާ ޙާއްޞަ ޖަލްސާއަކަށް ދިއުމަށް  ފުރަން ފާލަން މައްޗަށް އަރައެވެ.

786
އަބަދަށް ފިނިވާގެ
ބ.ތުޅާދޫ، ދިވެހިރާއްޖެ

            ލޯބިވާ ދަރިފުޅަށް  
           ހެޔޮ ދުއާ ސަލާމެވެ.                        
           ދަރިފުޅާއެވެ! ދަރިފުޅުގެ ހާލު ކިހިނެއްހެއްޔެވެ؟ މަންމަގެ ހާލު ރަނގަޅެވެ. ހަމަ އެފަދައިން ދަރިފުޅުގެ ހާލު ރަނގަޅުވާނޭ ކަމަށް ހީކޮށް އުފާކުރަމެވެ.     
 
ބުކް ރިވިއު
ދިވެހިރާއްޖޭގައި ކަނޑުމަތީ ދޫނި
އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު
          ހ. ޝަފީގުގެ ، އަޙުމަދު ޝަފީޤަކީ ރާއްޖޭގެ މަސައްކަތްތެރިކަމާއި ބެހޭގޮތުން ތަފާތު މަޢުލޫމާތު ތަކެއް ޝާއިޢުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން ބަލާއިރު ޝަފީޤު ލިޔުއްވަފައިވާ "ދިވެހި މަސައްކަތްތެރިކަން" ފާހަގަ ކޮށްލެވެއެވެ.

Wednesday, August 18, 2010

 
             މިއީ ތެދެއް!
               އަޙްމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު
އެދޭނަމަ މޮޅުކުއްޖަކަށް ވުންއެއީ ބުރަވެފަ  ބޮޑުކަމެއް
            ހެދޭހަމަ  ކުޑަ  ގޯހަކުން  މާޔޫސްނުވާށޭ  ދެރަވެގެން
އިސްވެދިޔަ ސިފަޔާއެކީ ހިތްވަރުކުރުން  ދޫކޮށްނުލާ
            ފިސްވެދިޔަ  އުންމީދަކީ  އިބުރަތެއްކަމު  ވާނޭ  ބަލަން
 
            އަޅުގަނޑުގެ އާދަ!
              އަޙްމަދު މަޢުޞޫމް، ފެންފިޔާޒުގެ ހއ. ވަށަފަރު
   އާދަކޮށް ފަތިހާ ހެނދުނު  ތެދުވާނަމޭ
                    އާދަކޮށް  ވަގުތަށް  ނަމާދު   ކުރާނަމޭ
   ފެންވަރާ  ނަލަހެދިލަމޭ  ތައްޔާރުވާން
                    ދެންކުރާ ކަމަކީ   ގޮހޮރު    ތެންމާލުމޭ
   ގަޑި ނުޖެހި ދިޔުމީ މަށަށް ހަމަ އާދައޭ
                    ގަޑިތަކަށް  ފޮތްތައް  އަޅާ   ގެންދާނަމޭ
   މަގުމަތިން އަރިއަރިމަތިން މަހިނގާނަމޭ
                    މަޤްޞަދާ މަންޒިލް  ނިކަން  ދަންނާނަމޭ
   ވަންނައިރު ނޫނަސް ކުލާހަށް ހަމައެކަނި
                    ދަންނަނަމަ އިސްކޮށް  ސަލާން މަކުރާނަމޭ
   އަޑުއަހަން  ޝައުޤާއެކީ  އިންނާނަމޭ
                    މަޑުމަޑުން އިނދެ  ކިޔަވަމުން ގެންދާނަމޭ

   މަކުތަބުން ރަންއަކުރަކުން ފެވިފައިވުމީ
                    މަކުތަބާ   ނަފްސަށްލިބޭ   ބޮޑުޝަރަފެކޭ
   މަންމަމެން  ބޭނުންވިހެން  މޮޅުވާނަމޭ
                    ފަންނަކުން  މަންފާ  ރަށަށް   ކޮށްދޭނަމޭ

   މީމަގޭ   ބޭނުންގޮތޭ   ހުވަފެންމެއޭ   
މީމަގޭ   އެކަމަށް  ކުރާ  ކުދި  ކަންކަމޭ                    
 
ދިވެހި މުޖުތަމަޢުގެ ތެރެއިން..........!
އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ.ވަށަފަރު
                ދިވެހި ދަރިން މިވަނީ ބިރުވެރި ބަނަ ޖައްވެއްގެ ތެރޭގައެވެ. ކޮޅުނެއްކޮޅަށް ހިތާމަކުރަންޖެހިފައިވާ، ބާރުގަދަ ކޮޅިގަނޑެއްގެތެރޭގައެވެ. ކޮޅިގަނޑު އުފެދިގެން އައީ ހުޅަނގުގެ އައްސޭރިން ކަމަށް ލަފާ ކުރެވެއެވެ. ކޮޅިގަނޑުގެ ސަބަބުން މުޅި މުޖުތަމަޢު ނާމާންވެއްޖެއެވެ. ޒިނޭގެ ދާންތައް ހުޅުވިއްޖެއެވެ. ހުޅަނގުންގެ ފޭޑި ޢާންމުވެ ކުރިއަރައިފިއެވެ. ތިމާމެންގެ އަބުރު ވެއްޔާ މޮޑެލައިފިއެވެ. އަނެކާގެ އަބުރާއި ޢިއްޒަތް ނަގާލުން އުފަލަކަށް ވެއްޖެއެވެ. ދުންޔަވީ އުފަލަށްޓަކައެވެ. މަސްތުވާތަކެތީގެ

ތަހުޒީބަކީ މިއީބާއެވެ؟ ތަރައްޤީއަކީ މިއީބާއެވެ؟
އަޙުމަދު މަޢުޞޫމް
ފެންފިޔާޒުގެ، ހއ. ވަށަފަރު
            ކޮންމެއަކަސް ހީކުރިގޮތާއި މުޅިން ތަފާތެވެ. މާލޭ ކައިރީގައިވެސް ހާދަ ކުދިކުދި ރަށްތައް އެބަހުއްޓެވެ. ހަމަގައިމުވެސް އަހަންނަށް މިހާރު ފެންނަން އެއޮތް ރަށުގެ ގެތައް ހިޔާކޮށްފައި އެހުރީ ފަނުންނެވެ. ޖަޑިބުމެންގެ އާއިލާ، އެއީ ރަށުގެ އެންމެންވެސް އެންމެ ފަޤީރުކަމަށް ދެކޭ ޢާއިލާއެވެ. އެކަމަކު ޖަޑިބުގެ ގެވެސް ހުންނަނީ ޓިނުން ހިޔާކޮށްފައެވެ. ތެޅިގަލުން ރާނާފައި ހުރިގޭ ފުރާޅުން ދަބަރު ހިލުނަސް އެންމެ ރަނގަޅުތާއެވެ.
 
ޅެން ހަދަން ދަސްކުރަމާ!
ޅެންހެދުން – 2
ވަޒަން – 2 ( 20 ފިލި )
 މި ވަޒަނުގައި ހިމެނެނީ ކޮންމެ ޞަދުރަކާއި ކޮންމެ ޢަޖުޒެއްގައި 5 ފިލީގެ ހަތަރު ބަނޑިއެވެ.
          މިސާލު:              5     5     5      5
                ޞަދުރު:     ނަނާނާ / ނަނާނާ / ނަނާނާ / ނަނާނާ
                ޢަޖުޒު:     ނަނާނާ / ނަނާނާ / ނަނާނާ / ނަނާނާ
 
ޅެން ހަދަން ދަސްކުރަމާ!
ޅެންހެދުން – 1
ވަޒަން – 2 ( 28 ފިލި )
 މި ވަޒަނުގައި ހިމެނެނީ ކޮންމެ ޞަދުރަކާއި ކޮންމެ ޢަޖުޒެއްގައި 7 ފިލީގެ ހަތަރު ބަނޑިއެވެ.
          މިސާލު:            7      7     7      7
                ޞަދުރު:    ދަމާހޭހޯ / ދަމާހޭހޯ/ ދަމާހޭހޯ / ދަމާހޭހޯ
                ޢަޖުޒު:     ދަމާހޭހޯ / ދަމާހޭހޯ / ދަމާހޭހޯ / ދަމާހޭހޯ